ކިމް ކާޑޭޝިއަންގެ އެންމެ ދޮށީ ދަރިފުޅު ނޯތް ވެސްޓްގެ ފަރާތުން މިފަހަރު ކިމް އަށް މެސެޖެއް ލިބިފައިވަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ.
އެގޮތުން ކިމް އޭނާގެ އިންސްޓަގްރާމްގައި ޙިއްޞާކޮށްފައިވަނީ އިއްޔެ ހެނދުނުނ އޭނާގެ 7 އަހަރުގެ އަންހެން ދަރިފުޅު ކިމްއަށް ދީފައިވާ މެސެޖެކެވެ.
40 އަހަރުގެ ކިމް ބުނެފައިވަނީ އިއްޔެ ހެނދުނު އޭނާއަށް ލިބިފައިވާ މެސެޖަކީ ދަރިފުޅު ނޯތް ވެސްޓް ފާހާނާގެ ޓޮއިލެޓް ޕޭޕާގައި ލިޔެފައިވާ މެސެޖެއް ކަމަށެވެ. އެގޮތުން މި މެސެޖް ލިޔެފައިވަނީ ކަޅުކުލައިގެ ޕާމަނަންޓް މާކަރަކުން ކަމަށްވެއެވެ.
މެސެޖްގައި ނޯތް ލިޔެފައިވަނީ މަންމަ ދެކެ ލޯބިވާ ވާހަކައެވެ.
މިކަމާ ގުޅިގެން ކިމްވެސް ނޯތް ދެކެ ވަރަށް ލޯބިވާ ކަމަށްބުނެ ކުރި ޕޯސްޓަށް އޭނާގެ ފޭނުންގެ ތަޢުރީފުތަށް ދަނީ އޮހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް