މި ދުޢާ ތިން ފަހަރު ކިޔައިފި މީހަކު ދިރޭ ވިހަ ސޫފިތައް ކަށިޖެހުމުން ސަލާމަތް ކުރައްވާހުއްޓެވެ. ޚާއްޞަ ގޮތެއްގައި ހެނދުނާއި ހަވީރު ޒިކުރު ތެރޭގައި ހިމެނޭ މި ދުޢާ އަކީ, ހަވީރު ތިން ފަހަރު ކިޔުމުންވެސް ފުދޭނެ ދުޢާއެއްކަމަށްވެސް ވެއެވެ. މީގެ އިތުރުންވެސް އާންމުކޮށް މީހުން ވަދެ ނޫޅޭ ތަންތަނަށާއި ފަޅު ރަށްރަށަށް އެރުމުގެ ކުރިން މި ދުޢާ ކިޔުން ވަރަށް މުހިއްމެވެ.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
“ ﷲ ހައްދަވައިފައިވާ ނުބައި މަޚުލޫޤުންގެ ކިބައިން ރައްކާތެރިކޮށް ދެއްވުން އެދި ﷲގެ ފުރިހަމަ ބަސްފުޅުތަކުން ރައްކާތެރިކަން ލިބިގަންނަމެވެ. “
މަސްދަރު: ހެނދުނާއި ހަވީރު ޒިކުރުތަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް