މުއްދަތު ހަމަވެފައިވާ އައިޑީކާޓު ވޯޓުލާން ބޭނުން ކުރެވޭނެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްޟެންޓް އޮފް ނެޝަނލް ރެޖިސްޓްރޭޝަން (ޑިއެންއާރު) އިން ބުނެފި އެވެ. ޑީއެންއާ...

01 Feb 2021 | 07:04

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްޟެންޓް އޮފް ނެޝަނލް ރެޖިސްޓްރޭޝަން (ޑިއެންއާރު) އިން ބުނެފި އެވެ.

ޑީއެންއާރުން ނެރުނު އިއުލާނެއްގައި ބުނީ މިހާރު މާލޭ ސަރަހައްދުގައި ކޯވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ  ކުރިޔެކޭ އެއްފަދައިން މުއްދަތު ހަމަވެފައިވާ ކާޑަށް ހުރިހާ އިދާރާތަކުން ހިދުމަތް ފޯރުކޮށްދިނުމަށް އަންގާފައިވެ އެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނީ މިއަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޑީއެންއާރުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކައުންސިލް އިންތިހާބާއި ގުޅިގެން ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން މިމަހު އަށެއްގެ ނިޔަލަށް އައިޑީކާޑު ހައްދައި ނިންމުމަށް އަންގާފައި އެވެ.

ކައުންސިލް އިންތިހާބަށް އީސީން ތައްޔާރުވަމުން ދާއިރު އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. އަދި ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުން މިމަހު11 ގެ ކުރިން ނަން އަނބުރާ ގެންދިއުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް