ކޮމޭޑިއަން އެކްޓަރ ކަޕިލް ޝަރްމާ އަށް އަނެއްކާވެސް ދަރިއަކު ލިބިއްޖެއެވެ.
ސޯޝަލް މީޑީއާގައި އޭނާ ޙިއްޞާކޮށްފައިވާ ފޮޓޯއާއެކު މިއަދު ބުނެފައިވަނީ ދެވަނަ އަށް ލިބުން ދަރިފުޅަކީ ފިރިހެން ދަރިއެއްކަމަށާއި އަދި ދެމަފިރިންވެސް އެކަމާ ވަރަށް އުފާކޮށް ޝުކުރުވެރިވާ ކަމަށެވެ.
މިއަދުގެ ހެނދުނުގެ ވަޤުތެއްގައި ޕޯސްޓްކޮށްފައިވާ މި ފޮޓޯއާއެކު ކަޕިލް ޝަރްމާ ބުނެފައިވަނީ ހެނދުނު ހެނދުނާ ލިބުން މި އުފާވެރި ޚަބަރުގެ އިތުރުން ދަރިފުޅާއި އަދި ދަރިފުޅުގެ މަންމަގެ ހާލުވެސް ވަރަށް ރަނގަޅު ކަމުގައެވެ.
މި އުފާވެރި ޚަބަރާއެކު މި ދެމަފިރިންގެ ފޭނުން ދަނީ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. މިއީ މި ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް