ކުޅުދުއްފުށީ ސިޓީ އާއި އައްޑޫ ސިޓީގައި ކޯވިޑް-19 ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެންމެ ފުރަތަމަ ކޯވިޑް ވެކްސިން ޖައްސަވާފައިވަނީ އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އެންމެ ފުރަތަމަ ކޯވިޑް ވެކްސިން ޖެއްސެވީ އެ ހޮސްޕިޓަލްގެ ޑޮކްޓަރު މުހައްމަދު އަފްޒަލް އެވެ.
މި ދެ ހޮސްޕިޓަލްގެ ތެރެއިން އައްޑޫ ސިޓީއަށް 1،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ފޮނުވާފައިވެ އެވެ. ކުޅުދުއްފުށީ ސިޓީއަށް ފޮނުވާފައިވަނީ 350 ޑޯޒެވެ.
ދެ ހޮސްޕިޓަލްގައި ވެސް މިއަދު ހޮސްޕިޓަލްގައި މަސައްކަތް ކުރާ 30 މުވައްޒަފުންނަށް ވެކްސިން ދޭނެ އެވެ. އޭގެ ތެރޭގައި ބިދޭސީންނާއި ދިވެހި މުވައްޒަފުން ހިމެނެ އެވެ.
ދެ ހޮސްޕިޓަލުން ބުނީ ކުރިޔަށް އޮތް ހަތަރު ހަފްތާ ފަހުން ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް