ކޮވިޑް-19އަށް ވެކްސިން ދިނުން މިއަދު ރާއްޖޭގައި ފަށާފައިވާއިރު، ދުވަސް ނޫހުގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ، މި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.
މި ފުރުސަތު އަޒްމީ އަށް ލިބިފައިވަނީ ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާއިން ކުރިއަށްގެންދިޔަ ގައުމީ ކެމްޕޭން "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ސްޓިއަރިން ކޮމިޓީއަށް އެޗްއީއޯސީން ދެއްވި ފުރުސަތުގެ ތެރެއިންނެވެ. ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް، ދިވެހި ސިފައިން، ނަރުހުންނާއި ޑަކުޓަރުން އަދި ވެމްކޯފަދަ ހިދުމަތްތައް ހިމެނޭހެން އެކި ފަރާތްތަކަށް ފުރުސަތު ދީފައިވެއެވެ.
އެ ކެމްޕޭނު ކުރިއަށްގެންދިއުމުގައި އަޒްމީ އަދާކޮށްފައިވަނީ އެ ކެމްޕޭނުގެ ސްޓިއަރިން ކޮމިޓީގެ ކޮންޓެންޓް ޑިރެކްޓަރ ގެ މަގާމެވެ. 145 ދުވަހަށް މެދުނުކެނޑި ކުރިއަށްދިޔަ މި ކެމްޕޭނުގައި ދިވެހި ގިނަ މީޑިއާތަކުން ގުޅިގެން ކޮވިޑަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މީޑިއާތަކުގެ އެކި މީޑިއަމްތަކުގައި އެއް ވަގުތެެއްގައި އެއް ކޮންޓެންޓްތަކެއް ގެނެސްދީފައިވެއެވެ. ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ އިތުރު 35 ފަރާތަކަށް ވެކްސިން ޖަހާފައިވެއެވެ. ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ތަމްސީލުވާނޭހެން 27 ފަރާތަކަށް ވެކްސިން ޖަހާފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް