ރައީސް ސޯލިހު ކޯވިޑް ވެކްސިން ޖައްސަވައިފި

ރާއްޖޭގައި ކޯވިޑް 19 ގެ ވެކްސިން ޖެހުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތުގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެކްސިން ޖައްސަވައިފިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް 19 ވެކްސިނ...

01 Feb 2021 | 04:32

ރާއްޖޭގައި ކޯވިޑް 19 ގެ ވެކްސިން ޖެހުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތުގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެކްސިން ޖައްސަވައިފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް 19 ވެކްސިން ޖައްސަވާފައި ވަނީ އައި.ޖީއެމް.އެޗްގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ޝިރާނީ ޢަބްދުއްރަޙީމްއެވެ.

ޝިރާނީ އަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ފެސިލޓީ އާ ޙަވާލުވެ ހުންނެވި ބޭފުޅާއެވެ.

ރައީސް ސޯލިހު ކޯވިޑް ވެކްސިން ޖެއްސެވީ ހަތަރު ވަނަ އަަށެވެ.

ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ ގިނަ ވަޒީރުން ވަނީ ކޯވިޑް ވެކްސިން ޖައްސަވާފައިއެވެ.

އޭގެ ތެރޭގައި ޖެންޑާ މިނިސްޓަރު، ހެލްތް މިނިސްޓަރު، ޑިފެންސް މިނިސްޓަރު، އިންޑިއާިއން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިމެނިވަޑައިގެންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް