މި އަހަރު ރާއްޖެ އައި ފުރަތަމަ ފަސިންޖަރަށް މަރްޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއޭސީއެލް
މި ފެށުނު އައު އަހަރުގެ ފުރަތަމަ ފަސިންޖަރަށް ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ކިޔައިފިއެވެ.
މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔަކީ ޖަރުމަނު
ރައްޔިތެއް ކަމަށްވާ، އުމުރުން 54 އަހަރުގެ އެންޑްރޫ ހެލްވެގާ އެވެ.
އޭނާގެ ދެމަފިރިން ރާއްޖެ އައީ މިއަދު ހެނދުނު
ރާއްޖެ އައި އެތިހާދު އެއާވޭސްގެ ފްލައިޓަކުންނެވެ. މިއީ އެ ދެމަފިރިން ރާއްޖެ
އައި ފުރަތަމަ ފަހަރެވެ.

އަހަރުގެ ފުރަތަމަ ފަސިންޖަރަށް މަރްޙަބާ ކިޔުމުގެ ގޮތުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޚާއްޞަ ހަފުލާއެއް ބޭއްވިއެވެ. ފުރަތަމަ ފަސިންޖަރަށް
މަރްޙަބާ ދެންނެވީ ވީއައިއޭގެ ޕެސެންޖަރ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގު
އެވެ. އެ ރަސްމިއްޔާތުގައި ވީއައިއޭގެ ފަރާތުން އެ ޕަސިންޖަރަށް ހަދިޔާ
ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް