ސީޕީ އަރީފްގެ އައު އަހަރުގެ ތަހުނުނިޔާ – މިއީ އަމަލުތައް އިސްލާހުކުރަން ލިބުނު ފުރުސަތެއް

މިއަދު މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުންނާއި ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ އެންމެހައި ބޭފުޅުންނާއި އާއިލާތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަ...

01 Jan 2017 | 08:53

މިއަދު މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުންނާއި ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ އެންމެހައި ބޭފުޅުންނާއި އާއިލާތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި އަދި ލޮބުވެތި ދިވެހިރައްޔިތުންނަށް، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް، މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފި އެވެ.

ސީޕީ އަރީފްގެ މެސެޖްގައި ވިދާޅުވެފައިވަނީ އާ އަހަރެއް ދުށުމުގެ ނަސީބު ލިބުމަކީ، އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، ދީނަށާއި ޤައުމަށް ޚިދުމަތްކުރުމަށް އަޅުގަނޑުމެންނަށް އާ ފުރުޞަތުތަކެއް ލިބުން ކަމަށެވެ. ކޮންމެ ފުރުޞަތަކާއެކީގައި ޒިންމާތަކެއް ވާޖިބުތަކެއް ވާނެއެވެ. އެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ޢަޒުމާއި އުންމީދު އާކުރަންޖެހޭ ކަމަށެވެ.

"އެހެންކަމުން މި ފެށުނު މީލާދީ އާ އަހަރަކީ، ރަނގަޅު އާ ޢަޒުމުތަކެއް ދިރުވައި ޢަމަލީ ގޮތުން ތަންފީޒުކުރާ އަހަރަކަށް ހަދަމާތޯއެވެ. އަމިއްލަ ނަފުސަށާއި، އާއިލާއަށާއި، ދީނާއި ޤައުމަށް، އޭގެ ލާބައާއި މަންފާ ލިބެނިވި ޢަޒުމުތަކެކެވެ." ސީޕީ އަރީފްގެ ތަހުނިޔާ މެސެޖުގައި ވިދާޅުވެފައި ވެ އެވެ.

ސީޕީ އަރީފްގެ މެސެޖު ނިންމަވާލައްވާފައި މާތް ﷲ މި ލޮބުވެތި ވަޠަން ރައްކާތެރިކަމާއި މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުމަށާއި، ހެޔޮ ވިސްނުމާއި ހެޔޮބަސް ޤަބޫލުކުރުމާއި، އެޔޮ ޢަމަލުތަކުގައި ދެމި ތިބުމުގެ ހެޔޮ ތައުފީޤު، ދިވެހި ކޮންމެ ރައްޔިތަކަށް މެ ދެއްވުން އެދި ދުއާކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް