އިނގރޭސި ވިލާތުގެ ބްރިސްޓަންގައި ހުންނަ ޖާމިއާ މިސްކިތަށް އޫރުމަސް އަޅާފައިވާ ސޭޑްވިޗްތަކެއް އެޅި މީހަކު ޖަލުގައި އޮއްވާ މަރުވެއްޖެ އެވެ.
އުމުރުން 35 އަހަރުގެ ކެވިން ކިޔާ އެމީހާ 12 މަހަށް ޖަލަށްލީ އެ މައްސަައިގަ ނަސްލީ ތަފާތު ކުރުން ގެންގުޅޭކަމުގެ ކުށް ސާބިތުވުމުންނެވެ.
މިދިޔަ އަންގާރަ ދުވަހު އޭނާ މަރުވި އިރު ގާތްގަނޑަކަށް ހަ މަސްވަނީ ޖަލުގައި ހޭދަކޮށްފައި އެވެ.
ނަސްލީ ތަފާތު ކުރުން ގެންގުޅޭ ގްރޫޕަކަށް ނިސްބަތްވާ ކެވިން ވަނީ ސޭޑްވިޗެއްގެ ތެރެއަށް އޫރުމަސް އެޅުމަށް ފަހު ޖާމިއާ މިސްކިތުގެ ދޮރު ކައިރީގައި ބާއްވާފައި އެވެ. އެމީހުން އެކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 17 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް