ކާނިވާގައި ކުރިޔަށްދާ މިޔުޒިކް ފެސްޓިވަލް ހިލާލީގޭގައި ހުންނަވައިގެން ރައީސް ފައްޓަވައި ދެއްވައިފި

މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފައްޓަވައިދެއްވައިފި އެވެ. ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ މި ފެސްޓިވަލް ރައީސް ރަސްމީކޮށް ވައްޓަވައި ދެއްވީ ހިލާލީ...

31 Dec 2016 | 20:32

މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފައްޓަވައިދެއްވައިފި އެވެ.

ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ މި ފެސްޓިވަލް ރައީސް ރަސްމީކޮށް ވައްޓަވައި ދެއްވީ ހިލާލީގޭގައި ހުންނަވައިގެންނެވެ. އޭގެ ފަހުން މިރޭ ރައީސް ޔާމީން ވަނީ ކާނިވާ ސަރަހައްދަށް ވަޑައިގެން އެ ފެސްޓިވަލް ބައްލަވާލައްވާފައި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ކޮންމެ އަހަރަކު އާ އަހަރާ ދިމާކޮށް ބާއްވާ މި ފެސްޓިވަލުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ބައިވެރިވެ ހުށަހެޅުތައް ހުށަހަޅަ އެވެ.

މިއަހަރު ފެސްޓީވަލަށް ރާއްޖެއިން ބޭރުގެ ފަންނާނުންގެ ތެރެއިން ގެނެސްފައިވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްމާން މާލިކެވެ. މިރޭގެ ޝޯގައި އަރްމާން މާލިކާއި ހަބޭސް ބޮޑުބެރު ގްރޫޕާއިި ޑީޖޭ ފައުޒާން އަދި ކޮރިއެޓިކްސް ކްރޫގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.

މިރެއާއި މާދަމާ ރޭ ކުރިޔަށް ގެންދާ މި ފެސްޓިވަލްގައި މަދަމާރޭ އުނޫޝާ، ލައިޝާ އަދި  އިލިއުޝަންސް ޑާންސް ކްރޫ އާއި ގްރެވިޓީ ބައި ހަބޭސް އާއި 1438 ބޮޑުބެރު ގްރޫޕްގެ އިތުރުން މޫޝާން އާއި އިކުއެޓިކް ވައިބް ގެ ހަރަކާތައް ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް