Advertisement

އާމިރުގެ "ސޯލްޓް އެންޑް ޕެޕާ" ލުކް ސަޕޯޓަރުންނަށް ވަރަށް ކަމުގޮސްފި!

08 Oct 2026 | 16:28
އާމިރު ހާން --

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން ނޫސް ކޮންފަރެންސެއްގައި ޤުދުރަތީ ނުރަ އިސްތަށިގަނޑާ އެކު ފެނިލި ވީޑިއޯއެއް އެކްސްގައި ވައިރަލްވެ، ފޭނުންގެ ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

އެ ވީޑިއޯއިން އާމިރު ފެންނަނީ ހުދާއި ކަޅު އިސްތަށި އެކުވެފައިވާ ސޯލްޓް އެންޑް ޕެޕާ ލުކެއްގައެވެ. އޭނާ ހުރީ މާ ޖެހި ގަމީހެއް ލައިގެން ކަޅު ފަޓުލޫނަކާ އެކު ކްލިއާ ފްރޭމް އައިނެއް އަޅައިގެންނެވެ.

Advertisement

އޮކްޓޫބަރު ހަތް ވަނަ ދުވަހު އެކްސް ބޭނުންކުރާ މީހަކު ޕޯސްޓުކުރި މި ވީޑިއޯގައި ލިޔެފައިވަނީ ފުރަތަމަ ފަހަރަށް 60 އަހަރުގެ މީހެއް ގޮތުގައި އާމިރު ފެނުނީ ކަމަށާއި ނުވަދިހައިގެ ތަރިން މަޑުމަޑުން ހަނދާންތަކަކަށް ބަދަލުވަމުން ދާ ކަމަށެވެ.

ކުރިންވެސް ބައެއް ފަހަރު ނުރަ ބޮލާއި އެކު ފެނިފައިވީ ނަމަވެސް، މި ފަހަރު ހެއާ ޑައި ނުޖެއްސުމުން ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ބައެއް މީހުން ލަފާކުރީ އެއީ އައު ފިލްމަކަށް ތައްޔާރުކުރި ލުކެއް ކަމަށެވެ.

އެ ނޫސް ކޮންފަރެންސްގައި ސަލްމާން ޚާންއާ އެކު ކުޅުނު ކަލްޓް ކްލެސިކް ފިލްމު އަންދާޒް އަޕްނާ އަޕްނާގެ ދެ ވަނަ ބައެއް އައުމާ ބެހޭ ގޮތުން ސުވާލުކުރުމުން، އެ ފިލްމުގެ ސީކުއެލް ދެކެން އޭނާ ވެސް ޝައުގުވެރިވާ ކަމަށް ބުނެފައިވެއެވެ.

އާމިރު ޚާން އެންމެ ފަހުން ފެނިފައިވަނީ ސިތާރޭ ޒަމީން ޕަރް އިން ކަމަށް ވާއިރު، އެ ފިލްމަށް ބެލުންތެރިންގެ ރަނގަޅު ކޮމެންޓުތައް ލިބިފައިވެއެވެ.

Advertisement

ކޮމެންޓް