އުރީދޫ ކަސްޓަމާ ވީކް: ހެޑް އޮފީހުގައި ހީޕްގެ ކޮފީ ކާޓެއް، 3 ކޮފީ ގަތުމުން ހަތަރު ވަނަ ކޮފީ ހިލޭ!
އުރީދޫގެ ކަސްޓަމަރ ސަރވިސް ވީކް ފާހަގަކުރުމުގެ ގޮތުން، ކްލަބް ޕްރިމިއަރ ޕާޓްނަރެއް ކަމަށްވާ ހީޕް ކެފޭއާ ގުޅިގެން ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ހެޑްކުއޯޓަރުގައި ޚާއްޞަ ކޮފީ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ. ހީޕް ކެފޭއިން ބަހައްޓާފައިވާ ކޮފީ ކާޓުން ތިން ކޮފީ ގަންނަ ކޮންމެ ފަރާތަކަށް ހަތަރުވަނަ ކޮފީ ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކަސްޓަމަރުންނާއި އެ މީހުންގެ ރައްޓެހިން އެކުގައި ވަގުތު ހޭދަކޮށްލެވޭ ފުރުޞަތެއްގެ ގޮތުގައި އުރީދޫން މި ހަރަކާތް ސިފަކޮށްފައިވެއެވެ.
ކަސްޓަމަރ ސަރވިސް ވީކުގެ ތެރެއިން މީގެ އިތުރު ހަރަކާތްތައް ވެސް އުރީދޫން އިންތިޒާމުކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯ ޝާދީ ގައްވާސްމީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް ޒިޔާރަތްކޮށް ކަސްޓަމަރުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ހުރިހާ ހަރަކާތެއްގެ ވެސް މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން ވަރުގަދަކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށް އުރީދޫން ފާހަގަކޮށްފައިވެއެވެ.