އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފި - ދިވެހި ތިން ތަރިއަކު ހިމެނޭ
ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ. އެ މީހުންނަކީ ކޮން ބައެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ހައްޔަރުކުރި މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފުސީލު ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.