Advertisement

ހޫތީން ސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ތިން މީހަކު މަރުވެއްޖެ

08 Oct 2026 | 08:46
ސައުދީގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާގައި އިމާރާތެއްގައި ރޯވެ ދުންއަރަނީ --

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާޢަތުން ސައޫދީ އަރަބިއްޔާގެ ރިޔާޛާއި އަބްހާގެ ބައިނަލްއަޤުވާމީ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ތިން މީހަކު މަރުވެ 36 މީހަކު ޒަޚަމްވެއްޖެއެވެ.

ސައޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި އަންގާރަ ދުވަހާއި ބުދަ ދުވަހު ދިން މި ހަމަލާތަކުގައި އަބްހާ އެއާޕޯޓުން މިސްރު މީހަކާއި އަލްޖީރިއާ މީހަކު މަރުވި އެވެ. ރިޔާޛުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި ސޫދާނު މީހަކު ވަނީ މަރުވެފައެވެ.

Advertisement

އީރާނުގެ މަދަދާ އެކު ހަރަކާތްތެރިވާ ހޫތީން ކުރިން ވެސް ރިޔާޛުގެ އެ އެއާޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާ ދީފައިވާ ކަމަށް އެއްބަސްވެފައިވެއެވެ.

ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ ސައޫދީ އިސްކޮށް އޮންނަ އަސްކަރީ ކޯލިޝަނުން ބުނީ ރިޔާޛަށް ހަމަލާ ދިނުމަށް ބޭނުންކުރި ބެލިސްޓިކް މިސައިލް ލޯންޗަރު ނައްތައިލާފައިވާ ކަމަށެވެ. އަދި ދެ އެއާޕޯޓަށް ދިން ލާއިންސާނީ ހަމަލާތަކުގެ އަދަބު ދޭނެ ކަމަށެވެ.

ރައްދުގައި ފެށި ހަމަލާތަކުގައި ހޫތީންގެ 82 އަސްކަރީ އަމާޒެއް ހަލާކުކޮށްލާފައިވާ ކަމަށް އެ ކޯލިޝަނުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފަރުބަދަތަކުގެ ތެރޭގައި ހުރި މިސައިލް ވަސީލަތްތަކާއި ކޮމާންޑް ސެންޓަރުތަކާއި މުވާސަލާތީ ނިޒާމުތައް ހިމެނެއެވެ.

ސައުދީ އެއާޕޯޓުތަކަށް ދިން ހަމަލާތަކާއި ގުޅިގެން 

ޔަމަނުގެ އުތުރު ހުޅަނގުގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރާ ހޫތީންނާ ދެކޮޅަށް ޖުލައި މަހު އަލުން ހަނގުރާމަ ފެށުނު ފަހުން، ހޫތީން ވަނީ އައްސޭރިފަށުގެ ބޮޑެތި ސަރަޙައްދުތަކެއް ހިފައިފައެވެ. ބައިނަލްއަޤުވާމީ ގޮތުން ޤަބޫލުކުރާ ޔަމަނުގެ ސަރުކާރުން މި ހަފުތާގައި ރައްދު ހަމަލާ އިޢުލާނުކޮށް، ރަތް ކަނޑުގެ އައްސޭރިފަށާއި މޮޚާ ބަނދަރުމަތީ ރަށުން ހޫތީން ފައްސައިލެވިފައިވާ ކަމަށް ދައުވާކުރާ އިރު، ހޫތީން ބުނަނީ އެ ޖަމާޢަތުގެ ސަރަޙައްދުތައް ދިފާޢުކުރަމުންދާ ކަމަށެވެ. 

އދ. އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ 200,000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، ހަނގުރާމައިގެ މައިދާނަށް ނޫސްވެރިންނަށް ވާޞިލުވުމުގައި ހުރި ހުރަސްތަކާ ހެދި ދެ ފަރާތުން ކުރާ ދައުވާތައް މިނިވަންކަމާ އެކު ކަށަވަރުކުރުން ދަތިވެފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް