Advertisement

ކިއާރާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން އިޢުލާންކޮށްފި

08 Oct 2026 | 08:23
ކިއަރާ އާއި ސިދާތު --

ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ކިއާރާ އަދްވާނީ އާއި ފިރިމީހާ ސިދާރްތު މަލްހޯޯތްރާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފި އެވެ.

އެކަން އިއުލާނު ކުރީ އިއްޔެ އިންސްޓަގްރާމް މެދުވެރިކޮށެވެ.

Advertisement

އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ފެންނަނީ ދެމީހުންގެ ފުރަތަމަ ދަރިފުޅު ސަރާޔާގެ ކުޑަ ކުޑަ އަތުން ހުދު ކުލައިގެ ކުޑަ އިސްޓާކީނެއް ހިފައިގެން އިން މަންޒަރެވެ. ދެ ފަރާތުން ސިދާރްތު އާއި ކިއާރާ ދަރިފުޅުގެ އަތުގައި ހިފައްޓައިގެން ތިބެއެވެ.

އެއީ މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ސަރާޔާ ލިބޭކަން އިއުލާނު ކުރި ސްޓްައިލެވެ. ފުރަތަމަ ދަރިފުޅު ލިބުނީ 2025 ވަނަ އަހަރުގެ ޖޫންގައި އެވެ.

ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނު ކުރުމާއި އެކު ބޮލީވުޑްގެ ގިނަ ތަރިން ދަނީ ސިދާތާއި ކިއަރާއަށް މަރުހަބާ ކިޔަމުންނެވެ. ތަހުނިޔާ ކީ ފަންނާނުންގެ ތެރޭގައި ކަރަން ޖޯހަރު، ޕަރިނީތީ ޗޯޕްރާ، އަދި ކަރީނާ ކަޕޫރު ހިމެނެ އެވެ.

ކިއަރާ އާއި ސިދާތް ލޯބީގެ ގޮތުން ގުޅުނީ 2021 ވަނަ އަހަރު އެކުގައި ކުޅުނު ފިލްމު "ޝޭރްޝާހް"ގެ ޝޫޓިންގެ ތެރެއިންނެވެ. ދެ ތަރިން ކައިވެނި ކުރީ 2023 ވަނަ އަހަރު އެވެ.

Advertisement

ކޮމެންޓް