Advertisement

އާންމު މަޖިލީހުގެ ހަވާސާގައި ނައިބު ރައީސް، ބަންގުލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

23 Sep 2026 | 10:25
ނައިބު ރައީސް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި ނައިބު ރައީސް އުސްތާޛު ހުސައިން މުޙައްމަދު ލަތީފް ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހުމާންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ރިޔާސަތާ ބަންގުލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއް ރަހުމާން ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ދެންނެވާފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ބަންގުލަދޭޝް ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

Advertisement

ދެ ޤައުމުގެ ދެމެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރައްވައި ދެ ފަރާތުން ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައިލެއްވިއެވެ. ހަ

މައެހެންމެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރެއްވުމަށް ނައިބު ރައީސް އުންމީދު ފާޅުކުރެއްވިއެވެ.

ބޮޑުވަޒީރު ތާރިގް ރަހުމާން ވަނީ ނައިބު ރައީސް ފޮނުއްވި ހެޔޮ އެދުންތަކަށް ޝުކުރު އަދާކޮށް އދ. އާއި އެ ނޫންވެސް ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އެ ގޮތުން މުޝްތަރަކު ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބަންގުލަދޭޝް ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.

ދެ ޤައުމަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ދެ ޤައުމެވެ.

Advertisement

ކޮމެންޓް