ފުލިދޫގަ ކުރިޔަށް ގެންދިޔަ މޫދު ކުޅިވަރުތަކެއްގަ އުޅުނު މީހަކު ހާލު ދެރަވެ، ފަރުވާ ދެނިކޮށް މަރުވެއްޖެ
ވ. ފުލިދޫގައި ކުރިޔަށް ގެންދިޔަ މޫދު ކުޅިވަރު ކްލާސްތަކެއްގައި ބައިވެރިވެގެން އުޅުނު މީހަކު ކުއްލި ގޮތަކަށް ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އެ ޕްރޮގްރާމަކީ ފުލުހުންނާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ ސްކޫލްގެ ދަރުވަރުންނާއި މުދައްރިސުން އަދު ބެލެނިވެރިންނަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ފުލުހުން ބުނީ އެމީހާއަށް ނޭވާލާން އުނދަގޫވެގެން ބުނީ އިއްޔެ ކުރިޔަށް ގެންދިޔަ މޫދު ކަސްރަތު ކްލާހުގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަމުންދިޔަ ވަގުތު ކަމަށެވެ. ވަގުތުން އެމީހާ ރަށޫ ހެލްތް ސެންޓަރަށް ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް އެމީހާ މަރުވި ކަމަށް ޑޮކްޓަރުން ވިދާޅުވީ ހަވީރު 6:14 ހާއިރު އެވެ. މަރުވެފައިވަނީ 39 އަހަރުގެ ދިވެހި އަންހެނެކެވެ.
އެ މީހާގެ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑުވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.