Advertisement

އިންޑިއާގެ މެކްޑޮނަލްޑްސްއެއްގައި މީދާ، ބުނީ ޖެހިގެން އޮތް ސައިޓުން ވަތްއެއްޗެއް ކަމަށް!

23 Sep 2026 | 06:30
އިންޑިއާގެ މެކްޑޮލްޑް އައުޓްލެޓެއް --

އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ރާޖްކޮޓުގައި ހުންނަ މެކްޑޮނަލްޑްސް ރެސްޓޯރެންޓެއްގެ ކެއުމުގެ ސަރަހައްދުގައި ދެ މީދާ މޭޒުތަކާއި ގޮނޑިތަކުގެ މަތީގައި ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ ފާޑު ކިއުން އަމާޒުވެއްޖެ އެވެ. 

ކަސްޓަމަރަކު ފޯނުން ނެގި މި ވީޑިއޯގައި މެކްކެފޭ ބޯޑާއި މެނޫ ސާފުކޮށް ފެންނަން ހުރުމުން މިއީ މެކްޑޮނަލްޑްސް ފިހާރައެއްކަން ޔަގީންވެއެވެ. ގުޖްރާތް ސިއްހީ އޮފިސަރުރުން މީޑިއާގައި ބުނި ގޮތުގައި މި ވީޑިއޯ ނެގީ ރާޖްކޮޓުގެ ގްރީންލެންޑް ޗޯކްޑީ ކައިރީގައި ހުންނަ މެކްޑޮނަލްޑްސް ފިހާރައިންކަން ކަށަވަރުވެފައިވެފައިވާ ކަމަށެވެ. 

Advertisement

ވީޑިއޯ ވައިރަލްވުމާ އެކު ރާޖްކޮޓް މުނިސިޕަލް ކޯޕަރޭޝަނުގެ (އާރުއެމްސީ) ސިއްހީ ޑިޕާޓްމެންޓުން އެ ފިހާރައަށް ވަދެ ތަހުގީގެއް ހިންގައިފައިވެއެވެ. ތަހުގީގުގެ ތެރޭގައި ސުވާލުކުރުމުން އެ ފިހާރައިގެ މެނޭޖަރު ބުނީ މީދާ ވަނީ ޖެހިގެން ހުރި ކޮންސްޓްރަކްޝަން ސައިޓަކުން ކަމަށެވެ.

ކެއުންބުއިމުގެ ތަންތަނުގައި މީދާ އެނބުރޭ ނަމަ ކާބޯތަކެތި ތަގައްޔަރުވެ ސީރިއަސް ބަލިތައް ފެތުރުމުގެ ބޮޑު ނުރައްކަލެއް އޮންނާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. މި ހާދިސާ އާ ގުޅިގެން އޮންލައިންގައި ވަރަށް ބޮޑު ރުޅިވެރިކަމެއް ފާޅުވެފައިވެއެވެ. 

މީގެ ކުރިން ހޯމަ ދުވަހު އިންޑިއާގެ މަހާރާޝްޓްރާގެ ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާއިން ވަނީ ދެކުނު މުމްބާއީގެ ބެލާޑް އެސްޓޭޓުގައި ހުންނަ ސްވިގީ އިންސްޓަމާޓުގެ ޑާކް ސްޓޯރެއް (އެމް/އެސް. ސްވިންސްޓާ އީއެންޓީ ޕްރައިވެޓް ލިމިޓެޑް) ގެ ލައިސަންސް ސަސްޕެންޑްކޮށްފައެވެ. އެ ސްޓޯރުގެ ތެރެއިން ދިރޭ މީދަލެއް ފެނުމުގެ އިތުރުން 10 ކިލޯގެ ހަނޑޫ ބަސްތާތައް މީދާ ކައި ހަލާކުކޮށްފައި ހުރިކަމާއި މުހިންމު ސްޓޯރޭޖް ސަރަހައްދުތަކުން މީދާ ފުޅައިގެ ނިޝާންތައް ވެސް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކާބޯތަކެތީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުން އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ދެ ހާދިސާ ވެސް ވެފައި ވަނީ ބޮޑު ކަންބޮޑުވުމަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

ކޮމެންޓް