Advertisement

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

22 Sep 2026 | 11:15
ފޮޓޯ: އުރީދޫ

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ރީޗާޖް އެންޑް ވިން" ނަމުގައި އުރީދޫއިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ރީޗާޖް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް 12،000 ރުފިޔާ ލިބޭނެ އެވެ. ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވެ އެވެ.

Advertisement

އުރީދޫން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ ހަތަރުން މިއަހަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނަކީ، ކޮންމެ ވަގުތަކު އަދި ކޮންމެ ތާކު ހުރެގެންވެސް ފަސޭހަކަމާއެކު ރީޗާޖުކުރުމަށާއި މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމަށް އުރީދޫ އެޕް ބޭނުންކުރާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، ޝަރުތު ހަމަވާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އުރީދޫ އެޕް މެދުވެރިކޮށް 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ރީޗާޖުކުރަން ޖެހެ އެވެ. ނޫނީ 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އިންޓަނެޓް ޕެކޭޖެއް އެކްޓިވޭޓް ކުރަން ޖެހެ އެވެ.

މުޅި ޕްރޮމޯޝަންގެ ތެރޭގައި ކަސްޓަމަރުންނަށް އެތައް ފަހަރަކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދިދާނެއެވެ. 

އުރީދޫގެ ނޫސްބަޔާނުގައި އިތުރަށް ބުނީ، ރީޗާޖް އެންޑް ވިން ޕްރޮމޯޝަންގެ އަމާޒަކީ ޑިޖިޓަލްކޮށް މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހިތްވަރުދިނުމަށެވެ. އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރީޗާޖުކުރުމާއި، ޕެކްތައް އެކްޓިވޭޓްކުރުމާއި، އެކައުންޓްތައް މެނޭޖުކުރުމުގެ އިތުރުން ސީދާ ސްމާޓްފޯނުން އުރީދޫގެ ޚިދުމަތްތައް ހޯދޭނެއެވެ.

Advertisement

ކޮމެންޓް