Advertisement

ޔުނިކޯޑް 18.0 ގައި ދިވެހި ރުފިޔާގެ ނިޝާނަށް ރަސްމީ ކޯޑް ޕޮއިންޓެއް ދީފި

17 Sep 2026 | 10:59
-

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ 18 ވަނަ ވަރޝަންގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފިއެވެ.

16 ސެޕްޓެމްބަރު 2026 ގައި ޝާއިއުކުރި މި ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާނަށް ކަނޑައެޅީ U+20C2 ކޯޑް ޕޮއިންޓެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2022 ވަނަ އަހަރު ތައާރަފުކުރި މި ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ފެންވަރުގައި ބަލައިގަތުމާ އެކު ވެބްސައިޓްތަކާއި މޯބައިލް އެޕްތަކާއި އެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކުން އެ ނިޝާން ބޭނުންކުރެވޭނެ މަގު ފަހިވެފައިވެއެވެ.

Advertisement

އެމްއެމްއޭއިން ބުނެފައިވާގޮތުގައި މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގައި ހާސިލުވި މުހިންމު ލަނޑުދަނޑިއެކެވެ. މި ކާމިޔާބީ ހާސިލުކުރުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ބަދަލާ އެކު ކުރިއަށް އޮތް ތަނުގައި އޮޕަރޭޓިން ސިސްޓަމްތަކާއި ފޮންޓުތައް އަޕްޑޭޓްވެ ދިވެހި ރުފިޔާގެ ނިޝާން ޑިޖިޓަލް މާހައުލުގައި އާންމުކޮށް ފެންނަން ފެށޭނެއެވެ.

Advertisement

ކޮމެންޓް