Advertisement

ދީޕިކާ ދެވަނަ ދަރިފުޅު ވިހައިފި

20 Sep 2026 | 09:25
ދީޕިކާ އާއި ރަންވީރު އަދި ފުރަތަމަ ދަރިފުޅު ދުއާ --

ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގަށް ދެ ވަނަ ދަރިފުޅު ލިބިއްޖެއެވެ.

ދީޕިކާ ވިހާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ. މި ދެމަފިރިން ވަނީ ދަރިފުޅުގެ ފައިގެ ނިޝާނެއް ހިމެނޭ ފޮޓޯއަކާ އެކު އިންސްޓަގްރާމް މެދުވެރިކޮށް މި އުފާވެރި ޚަބަރު ހާމަކޮށްފައެވެ.

Advertisement

ދީޕިކާ އާއި ރަންވީރަށް ފުރަތަމަ ދަރިފުޅު ދުއާ ލިބުނީ އަށެއް ސެޕްޓެމްބަރު 2024 ގައި އެވެ.

ޢުމުރުން 41 އަހަރުގެ ރަންވީރު ވަނީ ދަރިފުޅު ދުޢާގެ ދެވަނަ އުފަންދުވަހާ ދިމާކޮށް ކުރީގެ މެޓާނިޓީ ޝޫޓުގެ ނުފެންނަ ކަޅާއި ހުދުގެ ފޮޓޯތައް ސެޕްޓެމްބަރު އަށް ވަނަ ދުވަހު އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ދެ ތަރިން ދުޢާ އާ އެކު ކުޅެ ޢާއިލީ އުފާވެރި ވަގުތުތައް ހޭދަކުރާ މަންޒަރެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު އިޓަލީގެ ލޭކް ކޯމޯ ގައެވެ. މި ދެ ތަރިންގެ ލޯބީގެ ގުޅުން ފެށިފައިވަނީ 2013 ވަނަ އަހަރު ގޯލިޔޯން ކީ ރާސްލީލާ ރާމް ލީލާގެ ޝޫޓިންގެ ތެރެއިންނެވެ.

އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު 2015 ވަނަ އަހަރު ސިއްރިއްޔާތުގައި އެންގޭޖް ވީއެވެ.

Advertisement

ކޮމެންޓް