Advertisement

އެމްއެމްއޭގެ ދިރާސާ ކޮންފަރެންސްގެ ކަރުދާސްތައް ވަޒަންކުރާނެ ފަރާތްތައް ހޯދުމަށް ހުޅުވާލައިފި

15 Sep 2026 | 10:52
-

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ރިސާޗް ކޮންފަރެންސަށް ހުށަހަޅާ ދިރާސީ ކަރުދާސްތައް އިލްމީ ގޮތުން ބެލުމަށް "ޕިއާ ރިވިއު ޕޫލް" އެއް އެކުލަވައިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕޫލަށް ކުރިމަތިލެވޭނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ދާރިސުންނާއި އެކި ފަންނުތަކުން ފާހަގަކޮށްލެވޭ މާހިރުންނަށެވެ. ޕޫލަށް ހޮވޭ ފަރާތްތަކުގެ ޒިންމާއަކީ ކޮންފަރެންސަށް ލިބޭ ކަރުދާސްތަކުގެ ފަންނީ ފެންވަރާއި މައުލޫމާތުގެ ސައްހަކަމާއި މައުޑޫއުގެ މުހިންމުކަން ވަޒަންކޮށް މިނިވަން އިލްމީ ހިޔާލު ފޯރުކޮށްދިނުމެވެ.

Advertisement

ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި މެކްރޯ އިކޮނޮމިކްސް މަނިޓަރީ އިކޮނޮމިކްސް އިސްލާމިކް ފައިނޭންސް ޕަބްލިކް ފައިނޭންސް ފަތުރުވެރިކަން ބައިނަލްއަގުވާމީ ވިޔަފާރި ޑިޖިޓަލް ފައިނޭންސް އަދި ކޮންފަރެންސާ ގުޅުން ހުރި އެހެން ދާއިރާތައް ހިމެނެއެވެ. ހުށަހެޅޭ ކަރުދާސްތައް ބެލުމުގައި "ޑަބަލް ބްލައިންޑް ޕިއާ ރިވިއު" އުސޫލު ބޭނުންކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެ އުސޫލުގެ ދަށުން ރިވިއުކުރާ ފަރާތާއި ދިރާސާ ލިޔުނު ފަރާތް އެކަކު އަނެކަކަށް ނޭނގޭނެއެވެ.

ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ފުރިހަމަކުރާ ރިވިއުއަރުންނަށް ސެޓްފިކެޓާއި އުޖޫރައިގެ އިތުރުން ފުރުސަތުތައް ލިބޭނެ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ. ކުރިމަތިލުމަށް ރިސާޗް ކޮންފަރެންސް ވެބްސައިޓުގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެން ހުށަހެޅޭ އިރު ސުންގަޑިއަކީ 27 ސެޕްޓެމްބަރު 2026 އެވެ.

ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 5 އިން 7 އަށެވެ.

Advertisement

ކޮމެންޓް