Advertisement

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް އަމްޖަދް އައްޔަން ކޮށްފި

21 Jul 2026 | 11:53
އަމްޖަދު މުސްތަފާ މަގާމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު މ. ރަންދޫވިލާ އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އަމްޖަދު ވަނީ އެ ޓްރައިބިއުނަލުގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

Advertisement

އެ ރަސްމިއްޔާތުގައި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޝަރީޢާއިން ލޯ އިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ވެސް ފުރިހަމަކުރައްވާފައެވެ. ޤާނޫނީ ދާއިރާގެ އިތުރުން ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަމްޖަދު މުޞްޠަފާ ވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ވެސް އަދާކުރައްވާފައެވެ.

އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަކީ މީގެ ކުރިން 2020 ވަނަ އަހަރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް