Advertisement

ޑޮލަރު ކާޑުން މުޢާމަލާތްކޮށްގެން ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

14 Jun 2026 | 12:13
-

ޑޮލަރު ޑެބިޓް ކާޑުން މާލީ މުޢާމަލާތް ހިންގައިގެން ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ހަތް ހަފުތާގެ މުއްދަތެކެވެ.

Advertisement

ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބީއެމްއެލް އިން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަން ޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުޢާމަލާތްތައް ކުރަން ޖެހެއެވެ.

ބީއެމްއެލް އިން ބުނީ، ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި، ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި، ޓިކެޓް ނަގައިގެންނާއި، ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް