ބީއެމްއެލް ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އާދީއްތައަށް ހަމަވާނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްލަބްތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށް ހިންގާ "ބޭންކް ފަންޑް" ގްރާންޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އާދީއްތަ ދުވަހަށް ހަމަވާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އަހަރު ބޭންކް ފަންޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލީ ނިމިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
މި ފަންޑު ކާމިޔާބުކުރާ 5 ފަރާތަކަށް ތަޢުލީމު ތިމާވެށި ކުޅިވަރު އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދެއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށް ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ގްރާންޓެކެވެ. 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ގްރާންޓަށް ހުޅުވައިލައެވެ.