Advertisement

ޑިސަނާޔަކެއާ އެކު ފައިދާ ހުރި މަޝްވަރާތަކެއް ކުރެވިއްޖެ - ސަމާލުކަން ދޭނީ ރައްޔިތުންނަށް ފައިދާހުރި ނަތީޖާތަކެއް ނެރެދިނުމަށް: ރައީސް މުޢިއްޒު

04 May 2026 | 18:25
-

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާ އެކު ވަރަށް ފައިދާ ހުރި ރަސްމީ މަޝްވަރާތަކެއް ބޭއްވިއްޖެ ކަމަށާއި، ސަމާލުކަން ދެއްވާނީ ރައްޔިތުންނަށް ޙަޤީޤީ ފައިދާ ގެނެސްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ތަޢުލީމާއި، ޒުވާނުންނާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ސަލާމަތީ ދާއިރާ އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދެވުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

Advertisement

ރައީސް މުޢިއްޒު ވަނީ ސްރީލަންކާއަށް ވަޑައިގެންނެވި ވަގުތުން ފެށިގެން ރައީސް ޑިސަނާޔަކެ ދެއްވި ހޫނު މަރްޙަބާ އާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ކޮމެންޓް