Advertisement

21 ބަޑީގެ ސަލާމަކާ އެކު ރައީސް މުޢިއްޒަށް ލަންކާގައި ރަސްމީ މަރްޙަބާ ދަންނަވައިފި

04 May 2026 | 11:43
ރައީސް މުޢިއްޒަށް ލަންކާއިން މަރްޙަބާ ދެންނެވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ކޮލަމްބޯގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި އެމަނިކުފާނަށް ރަސްމީ މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.

ރައީސް މުޢިއްޒަށް ލަންކާއިން މަރްޙަބާ ދެންނެވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް 

ރައީސް މުޢިއްޒަށް ރަސްމީކޮށް މަރްޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށް ފަހު ރައީސް މުޢިއްޒު ވަނީ ސްރީލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

ރައީސް މުޢިއްޒަށް ލަންކާއިން މަރްޙަބާ ދެންނެވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް 

މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒަށް ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފުކޮށް އެރުވުމުގެ އިތުރުން، ދިވެހި ވަފުދުގެ ބޭފުޅުން ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވުނެވެ. ރަސްމިއްޔާތަށް ފަހު ދެ ޤައުމުގެ ރައީސުން ރަސްމީ ފޮޓޯއެއް ނަންގަވައި، ރައީސް މުޢިއްޒު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސް މުޢިއްޒަށް ލަންކާއިން މަރްޙަބާ ދެންނެވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް 

މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

ކޮމެންޓް