Advertisement

ބީއެމްއެލް ފަންޑުގެ އެހީގައި ބ.އ.ތ.މ ގައި ޑިޖިޓަލް ސްޓޫޑިއޯއަކާއި ވޮކޭޝަނަލް ލެބެއް ހުޅުވައިފި

03 May 2026 | 20:19
-

2025 ވަނަ އަހަރު ބީއެމްއެލް ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތަޢުލީމީ މަރުކަޒު (ބ.އ.ތ.މ) ގައި ޑިޖިޓަލް ސްޓޫޑިއޯއެއް ޤާއިމުކޮށް، ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްޤީކޮށްފިއެވެ.

އެ ސްކޫލުގައި ޤާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައި ވަނީ ޑިޖިޓަލް ކެމެރާތަކާ އެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. އެ ސްޓޫޑިއޯގައި ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަނާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

Advertisement

މީގެ އިތުރުން ފޭލި ޖަމިއްޔާ އިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބް ވެސް އިތުރަށް ތަރައްޤީކޮށްދީފައެވެ. އެ ގޮތުން ކާޕެންޓްރީ ބައެއް ހިމަނައި، ބޭނުންވާ ވަޑާމު ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓް ފޯރުކޮށްދީފައިވެއެވެ. ފެހުމުގެ ބައެއް ވެސް ތަރައްޤީކޮށް، ފަހާ ފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ވަނީ ހަމަޖައްސައިދީފައެވެ. ވޮކޭޝަނަލް ލެބް ބޭނުންކޮށްގެން ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާޢަތްތަކަށް މުޖުތަމަޢުގެ ކުރިއެރުމަށް ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ބީއެމްއެލް އިން ހުޅުވައިލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200,000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ.

Advertisement

ކޮމެންޓް