Advertisement

ދެ ބޭފުޅުން އެކުގައި ފޮޓޯއެއް ނަގާލައިގެން ހައްލެއް ނުވާނެ - ގިނައީ ކޮންބައެއްތޯ ބަލަންވެސް މި އިންތިޚާބު ބާއްވަން ޖެހޭ: ނަޝީދު

02 May 2026 | 12:16
-

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ނުބާއްވައިފި ނަމަ މަސްލަޙަތު "މާ ގޯސް" ވާނެ ކަމަށާއި، ޕާޓީ ތެރޭ ގިނައީ ކޮން ބައެއްތޯ ބަލަން ވެސް ވޯޓެއް ނަގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ވައިރަލް ވެފައިވާ ވީޑިއޯއެއްގައި ނަޝީދު ވިދާޅުވީ، ޕާޓީ ތެރޭ ކުރީގެ ރައީސް ޞާލިޙާ "އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ" ބަޔަކު ތިބި ކަމަށާއި، ހަމަ އެފަދައިން އެމަނިކުފާނާ ވެސް "އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ" ބަޔަކު ޕާޓީ ތެރޭގައި އެބަ ތިބި ކަމަށެވެ. "އެހެންވީމަ މިކަމުގަ ވޯޓެއް ނަގާފަ ހޯދަންވެއްޖެތާ ދޯ ކޮންބައެއްތޯ ގިނައީ" ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

ނަޝީދު ވިދާޅުވީ، ކުރިން ވެސް ކޮންމެ ފަހަރަކު ޕާޓީ ތެރޭ ޚިލާފު ބޮޑުވީމާ "ދެތިން ދުވަހަކު ބުނީމާ" އެ ދެ ބޭފުޅުން "ކޮންމެވެސް ގޮނޑިއެއްގެ އިށީނދެ" ފޮޓޯއެއް ނަގާ ކަމަށެވެ. ނަމަވެސް "ހަފުތާއެއް ވާއިރަށް" ކަންތައް ހަމަ ކުރީގެ ގޮތަށް ހިނގަން ފެށި، "ކަންކަމަކަށް ބަދަލެއް ނާދޭ" ކަމަށާއި، އެހެންވެ އަނެއްކާ ވެސް ހިތްހަމަ ނުޖެހުން އުފެދޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި އިންތިޚާބު ބާއްވާ މިކަން ނިންމީމަ އަޅުގަނޑުމެންނަށް މާ ކާމިޔާބު" ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް