Advertisement

ބީއެމްއެލް އިން ކޮލޮމްބޯގައި ބްރާންޗެއް ހުޅުވަނީ

28 Apr 2026 | 10:40
-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްރީ ލަންކާގެ ކޮލޮމްބޯގައި ބްރާންޗެއް ހުޅުވުމަށް ރާވަމުންދާ ކަމަށް ދިވެހި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ އިއްޔެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ އަންނަ ހަފުތާގައި ސްރީ ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement

މުންދު ވިދާޅުވީ ކޮލޮމްބޯގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުން ސްރީ ލަންކާގައި ތިބި ދިވެހި އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ސްރީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިން ތައުލީމާއި ބޭސްފަރުވާ އާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ މައި މަންޒިލެކެވެ. ކޮލޮމްބޯގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވިއްޖެ ނަމަ، ލަންކާގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ދިވެހިންނަށް ބެންކިން ޚިދުމަތް ފަސޭހައިން ލިބޭނެ މަގު ފަހިވާނެއެވެ.

Advertisement

ކޮމެންޓް
ނަން
ރުފިޔާ ދިނުމުން ރުޕީސް ލިބޭ ގޮތަށް ބާ؟
28 Apr 2026