Advertisement

މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ: ރައީސް ނަޝީދު

06 Apr 2026 | 22:11
ރައީސް ނަޝީދާއި ރައީސް ސޯލިހް - ފޮޓޯ: ޖަޒީރާ

އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހެދިގޮނޑުދޮށުގައި ބާއްވާ ޖަލްސާއާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އޭނާގެ އަން އޮފިޝަލް އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ޕޯސްޓުގައި ހާމައެއް ނުކުރައްވައެވެ.

Advertisement

މި ޕޯސްޓާ ގާތްގަނޑަކަށް އެއް ވަގުތެއްގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ވެރީން ތިއްބަވާ ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، ޗެއާ ގުޅުއްވައި މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންނެވި ކަމަށާއި، ސްޕީޗް ތައްޔާރުކޮށް ތައްޔާރުވީ ތަނާ، އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމި ކަމުގެ ޚަބަރު ބޭރުމަތިން ލިބުނު ކަމަށެވެ. ފައްޔާޒު ވިދާޅުވީ ޗެއާ ގާތު ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ ދެންނެވި ކަމަށާއި، ޗެއާ ވިދާޅުވީ "ތި މަންނަގެ ނިންމުމޭ، އައި ވިލް ޑިސައިޑް" ކަމަށެވެ. ފައްޔާޒު ވިދާޅުވީ އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ފުރުސަތު ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނިމިދިޔަ އިންތިޚާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހެދިގޮނޑުދޮށުގައި ކުރިއަށްދާ މި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޖަލްސާގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Advertisement

ކޮމެންޓް
ދިރާސާ
ތިޔައީ ކުޑަކުދިން ތަކެއްތޯ
06 Apr 2026
ާަާަ
ާ
06 Apr 2026
ހުސަެނުބެ
ނަޝީދު ތިޔައީ ޕާރޓީގެ ހަލާކު، ގައުމުގެ ހަލާކު، ދީނުގެ ހަލާކު! ކައިރި ނުކުރާތި!
06 Apr 2026
ބީވެއްޖެ
ރޫޅާލާފަ، ހަލާކުކޮށް ނެތިފަނާކޮށްލަންއުޅެ ފިލައިގެން އެފްރިކާއަށް ގޮސްއުޅޭ މީހެއް. މިހާރު ޕާޓީގެ މެމްބަރުކަންވެސް ހައްގެއްނޫން.
07 Apr 2026