Advertisement

މަސްދަޅުގެ އަގު ކުރީގެ އަގުގައި ދެމެހެއްޓުމަށް މިފްކޯއިން ނިންމައިފި

06 Apr 2026 | 18:47
-

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ތެޔޮމަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ރައްޔިތުންގެ ޚިޔާލަށް ރިޢާޔަތްކޮށް، ކުރީގެ އަގުގައި މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމައިފިއެވެ.

މިފްކޯއިން ބުނީ ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށެވެ.

Advertisement

މިފްކޯއިން ކުރިން މިއަދު ވަނީ ތެޔޮމަސްދަޅެއް 18.50ރ. އަށް އަދި ކޭހެއް 800ރ. އަށް ބޮޑުކޮށްފައެވެ. އެ ބަދަލު ގެނައީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެންނެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި ލީޓަރެއް ކުރިން 11.57ރ. އަށް ލިބެމުން ދިޔަ ތެޔޮ މިހާރު ލިބެނީ 25.89ރ. އަށެވެ.

މިފްކޯއިން ބުނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް