Advertisement

މިފްކޯއިން ތެޔޮ މަސްދަޅު އަގުބޮޑުކޮށްފި - ބުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއި ގުޅިގެން ކަމަށް

06 Apr 2026 | 12:49
-

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއި ގުޅިގެން، މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު، ދަޅަކުން ރުފިޔާއެއް ބޮޑުކޮށްފިއެވެ.

ދުވަހަށް މަޢުލޫމާތުދެމުން މިފްކޯއިން ބުނީ މި ބަދަލާއެކު ކުރިން 17 ރުފިޔާ 30 ލާރިއަށް ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއް މިހާރު ވިއްކާ އަގަކީ 18.30 ކަމަށެވެ. އަދި ކޭހަކަށް ބަލާނަމަ ކުރިން 760 އަށް ލިބެމުންދިޔަ ތެޔޮ މަސްދަޅު ކޭހެއް ދެން ލިބޭނީ 800 އަށް ކަމަށެވެ.

Advertisement

މި ބަދަލާއެކު ފިހާރަކުން 18 ނޫނީ 19 އަށް ވިއްކާ ތެޔޮ މަސް ދަޅެއް 20 ރުފިޔާ 21 ރުފިޔާއަށް އުފުލޭނެއެވެ.

މިފްކޯއިން ފާހަގަކުރާގޮތުގައި މި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މިފްކޯގެ އުފެއްދުމުގެ ޚަރަދު ބޮޑުވަމުން އަންނައިރު އެކަންކަން ފޫބެއްދުމަށް ރައްޔިތުންނަށް ވީހާވެސް ބާރު ބޮޑު ނުވާނޭހެން ގެންނަން ނިންމި ބަދަލެކެވެ.

Advertisement

ކޮމެންޓް
ހުސޭނުބެ
މަސްދަޅަށް އަޅަނީ ޑީސަލާ ޕެޓްރޯލް ހެއްޔެވެ؟ މިމީހުނަށް ހީވަނީ ދިވެހިންނަކީ ވަރަށް ގަމާރު ބަޔެއްކަމަށެވެ.
06 Apr 2026
ޭރއ
ކޮބާ އިންތިހާބު ނިމުނީ މިއެނގުނީ ހަނގުރާމަ ކުރާކަން ތެލުގެ އަގު ބޮޑުކަން
06 Apr 2026
ާަލައިލާ
ކޮބާ. ވޯޓް ނިމުނީ އަގުބޮޑުވީ. ޥޯޓް ލީފަހުން އަދި ތެލުގެ އަގުބޮޑެއްނުވޭ.
06 Apr 2026