Advertisement

އެމްޓީސީސީގެ ވަޒީފާ ލިބުނުތާ ހަ މަސް - ވައްކަމެއްގައި ހައްޔަރުކުރުމުން ބުނީ ރަނގަޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް

31 Mar 2026 | 11:06
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި 40 އަހަރުގެ ފިރިހެނަކު، އެމްޓީސީސީގެ ވަޒީފާގައި ހަ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި ރަނގަޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ހައްޔަރުކޮށްފައިވަނީ މއ. ވިނަރެސް، ޙުސައިން ޝިހާމް (40އ) އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ވައްކަން ކުރުމުގެ ކުށެވެ. އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ ހަތް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައެވެ.

Advertisement

އެ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވެއެވެ. ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީއެވެ.

ބަންދު އަމުރުގައިވާ ގޮތުން، މި ތަކެތި ނެގިކަމަށް ޝިހާމް އިއްތިރާފުވެ، ނެގި ތަކެތި ފުލުހުންނަށް ރައްދުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ އަތުންނާއި ދިރިއުޅޭ ތަނުން ގެއްލުނު ކަމަށް ބެލެވޭ ޕްރިންޓަރެއް ފެނިފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ޝިހާމްގެ ކުށުގެ ރެކޯޑަށް ބަލާއިރު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިތުރު ރެކޯޑެއް ނެތެވެ.

Advertisement

ކޮމެންޓް
ވަކީލު
ވައްކަނކުރުން އެއީ ޕާރޓް ޓައިމް މަސައްކަތޭ.
31 Mar 2026