Advertisement

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފްކޮށްފި

12 Mar 2026 | 11:36
އައްޑޫ ސިޓީއަށް ސްވެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފްކުރުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ރޭ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

Advertisement

އައްޑޫ ސިޓީއަށް ސްވެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އިހްސާން ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ބީއެމްއެލް  

ޝަރީފް ވިދާޅުވީ ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އައްޑޫއަށް ނިސްބަތްވާ ޑިވެލޮޕަރުން ކަމަށާއި، މިއީ އައްޑޫއިން ފެންނަ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި އުފެއްދުންތެރި ވިސްނުމުގެ މިސާލެއް ކަމަށެވެ. އެ ބޭފުޅާ ފާހަގަކުރެއްވި ގޮތުގައި މާލެ ފިޔަވައި އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް، ކޮންޓެކްޓް ސެންޓަރަކާއެކު އެންމެ ގިނަ މުވައްޒަފުން ތިބީ އައްޑޫ ސިޓީގައެވެ. އައްޑޫގައި ބޭންކުގެ 67 މުވައްޒަފުން މަސައްކަތްކުރާ އިރު، މާލޭގައި ވެސް އެ ސިޓީއަށް ނިސްބަތްވާ 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި ބޭންކުގެ ސީނިއާ މަޤާމުތަކުގައި ވެސް އައްޑޫއަށް ނިސްބަތްވާ މުވައްޒަފުން ގިނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ސްވެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ބީއެމްއެލް 

ސީއީއޯ ވިދާޅުވި ގޮތުގައި ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށާއި، ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. ސްވައިޕް މެދުވެރިކޮށް ފައިސާ ދެއްކުމުން ބަންދު ދުވަހެއް ކަމަށް ވިޔަސް ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޕޭޕަލް އާއި ވައިސް ފަދަ ވޮލެޓްތައް މެދުވެރިކޮށް ރާއްޖެއަށް ފައިސާ ފޮނުވާ އިރު ބައެއް ފަހަރު 100 ޑޮލަރަށް 15 ޑޮލަރު ޗާޖުގެ ގޮތުގައި ނެގި ނަމަވެސް، ސްވައިޕް ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ސްވެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން ބުނީ ސްވައިޕަކީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށާއި، މިއީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓް ކަމަށެވެ. ޓޫރިސްޓުން އެހެން ވޮލެޓްތަކާއި ކާޑުން ފައިސާ ދައްކާ އިރު 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ވިޔަފާރިތަކުން ނަގާނީ އެންމެ އެއް ޕަސެންޓް ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ އިތުރުން ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ޤައުމުތަކުގެ ކްލައިންޓުންގެ ފަރާތުން ފައިސާ ލިބިގަތުމަށް ވެސް ސްވައިޕް އެހީތެރިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ފައިސާގެ މުއާމަލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް ވެސް އެ ބޭންކުން ފާހަގަކުރިއެވެ.

Advertisement

ކޮމެންޓް