Advertisement

ސްކޭމްގެ 14 މައްސަލައެއްގައި ތުހުމަތުވާ އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

04 Mar 2026 | 20:27
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޑިޕާޓްމަންޓުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަކަރާއި ޙީލަތުން ފައިސާ ހޯދުމުގެ 14 މައްސަލައެއްގައި ތުހުމަތުކުރެވޭ ތ. ހިރިލަންދޫ އަންހެނަކު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ތ. ހިރިލަންދޫ ނާގަލި، ޢާއިޝަތު ނާޡިރާ (41 އަހަރު) އެވެ. ފުލުހުންގެ ޚިދުމަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މައްސަލަ ހުށަހެޅިކަމުގެ އިންސިޑެންޓް ފޯމާއި، ފުލުހުންގެ ފަރާތުން ބޭންކަށް ފޮނުވި މެއިލާއި އޭގެ ރިޕްލައި އަދި މައްސަލައިގެ ފޮޓޯ ރިޕޯޓް ހިމެނެއެވެ. މަކަރާއި ޙީލަތުން ހޯދާފައިވާ ފައިސާ ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުންގެ ފަރާތުން ހުށަހެޅި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ތުހުމަތުކުރެވޭ މީހާ ބުނެފައިވަނީ ފުލުހުންނަށް އެއްބާރުލުންދޭނެ ކަމަށާއި އޭނާއަކީ ވަރަށް ބަލި މީހެއް ކަމަށެވެ. ތުހުމަތުކުރެވޭ މީހާ ވަކީލެއް އައްޔަންކުރުމަށް ފުރުސަތަށް އެދިފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށާއި، ވަކީލެއް އައްޔަންކޮށްފި ނަމަ ބަންދު މުރާޖާކުރުމަށް އަލުން ހުށަހެޅުމަށް ކޯޓުން އަންގާފައިވެއެވެ.

ޤާޟީ މުޒައްމިލު ނާޞިރު ނެރުއްވި މި އަމުރުގެ ދަށުން ނާޡިރާ ބަންދުގައި ބަހައްޓަނީ 4 މާރިޗުން ފެށިގެން 19 މާރިޗުގެ ނިޔަލަށް ކަސްޓޯޑިއަލް ޖަލުގައެވެ.

Advertisement

ކޮމެންޓް