ރޯދަ މަހު ދުވާލު ކެއި ދެވަނަ މީހަކު ހައްޔަރު
ރޯދަ މަހު ދުވާލު ގަޑީގައި ކެއި ދެވަނަ މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ޔެލޯ ހައުސް، އުމުރުން 41 އަހަރުގެ މުޙައްމަދު ޝިއުނީޒެވެ.
ބަންދު އަމުރުގައި މައްސަލައިގެ ބާވަތް ކަމުގައި ބުނެފައިވަނީ ރަމަޟާން މަހު ދުވާލު ވަގުތުގައި މަގުމަތީގައި ކެއުން ކަމަށެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު ބުނެފައިވަނީ ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދެވިފައިވާކަމަށާއި އޭނާ އަކީ ހައްޔަރާއި ބަންދު ރެކޯޑު އޮތް ފަރާތެއް ކަމަށެވެ.