Advertisement

އެމްއޭސީއެލް އިން ވައިގެ ދާއިރާއަށް ޚާއްޞަ "ވެލާނާ އެވޯޑްސް" ދީފި

13 Feb 2026 | 21:23
-

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްޞަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ އެވޯޑެއް ދީފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތުގައި ތިން ދާއިރާއަކުން ޖުމްލަ 22 އެވޯޑު ވަނީ ދީފައެވެ. އެއީ ޕެސެންޖަރ، ކާގޯ އަދި ލައުންޖް ސާވިސް ދާއިރާއިންނެވެ. މި ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިންގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ވެލާނާ އެވޯޑްސްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ ގޮތަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި، އެއީ ކޮންމެ ދުވަހަކު ވެސް ކުންފުންޏާ އެކު ސާބިތުވެ ތިއްބަވާ ޕާޓްނަރުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް، އެކުގައި ހޯދާ ކާމިޔާބީގެ އުފާ ފާޅުކުރުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ކޮންމެ އަހަރަކު ފަތުރުވެރިކަން ކުރިއަރުވައި ކާގޯ އޮޕަރޭޝަންތައް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާ އެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.

އެވޯޑު ލިބުނު ފަރާތްތަކަށް ބަލައިލާއިރު:

އެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސް

ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް

ޕެސެންޖަރ އެވޯޑް (އިންޓަނޭޝަނަލް) — ޓޮޕް އެއާލައިން ބައި ޕެސެންޖަރ ގްރޯތް:

އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: އެއާއޭޝިއާމިޑިލް އީސްޓް: އެތިހާދު އެއާވޭސްސީއައިއެސް: އޭރޯފްލޮޓްޔޫރަޕް: ވާޖިން އެޓްލާންޓިކްއިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާ

ޕެސެންޖަރ އެވޯޑް (އިންޓަނޭޝަނަލް) — ޓޮޕް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް:

އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސްމިޑިލް އީސްޓް: އެމިރޭޓްސްސީއައިއެސް: އޭރޯފްލޮޓްޔޫރަޕް: ޓާކިޝް އެއާލައިންސްއިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯ

ޕެސެންޖަރ އެވޯޑް (ޑޮމެސްޓިކް):

ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ގްރޯތް: މަންތާ އެއާޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

ކާގޯ އެވޯޑް:

ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އިމްޕޯޓް: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑްޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސްޓޮޕް އެއާލައިން ބައި ސީ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސްޓޮޕް އެއާލައިން ބައި ކާގޯ ތްރޫޕުޓް: އެމިރޭޓްސް

ލައުންޖް އެވޯޑް:

ވިލު ޕާޓްނަރ އެވޯޑް: ޖަވަކަރަ އައިލެންޑް މޯލްޑިވްސްމާމަހި ޕާޓްނަރ އެވޯޑް (ޓްރެވަލް އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރ): އަވިއާ މޯލްޑިވްސްމާމަހި ޕާޓްނަރ އެވޯޑް (ރިސޯޓް): ސޮނެވާ ރިސޯޓްސް، މޯލްޑިވްސްކޮވެލި ޕާޓްނަރ އެވޯޑް: އެމިރޭޓްސް

Advertisement

ކޮމެންޓް