Advertisement

އެމްޑީޕީގެ ސިޔާސީ މަދަރުސާއިން ތަމްރީކޮށްގެން މީހުން ނެރެނީ ވަރަށް ނުބައި ސިފައެއްގައި: ފަލާހް

01 Feb 2026 | 10:38
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ތިނަދޫ ސިޓީ ޖަލްސާގައި - ސްކްރީން ޝޮޓް

އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިޔާސީ މައިދާނަށް މީހުން ތަމްރީނުކޮށްގެން ނެރެނީ ވަރަށް ނުބައި ސިފައެއްގައި ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީގެ އިންތިޚާބަށް ތިނަދޫ ސިޓީގެ ކެމްޕޭނު ރަސްމީކޮށް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ވާހަކަފުޅު ފައްޓަވަމުން ފަލާހް ވިދާޅުވީ މި ޤައުމުގައި އޮތީ ސިޔާސީ ދެ ފިކުރެއް ކަމަށާއި އެއް ފިކުރަކީ ފަނާކުރަނިވި ފިކުރެއް ކަމަށެވެ.

"ސިޔާސީ މަދަރުސާއިން ތަމްރީނުކޮށް ނެރެނީ ނުބައި ސިފައެއްގައި،  މަޖިލީހަށް، އަންނަ މެންބަރުވެސް ގާނޫނު އަސާސީއާ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތާނެ، ބަޖެޓަށް ވޯޓެއް ނުދޭނެ، ތަރައްގީގެ ނަމުގަ ދޭނީ ލަނޑު ދައުލަތަށް ދޭނީ ކެހި" ފަލާހް ވިދާޅުވިއެވެ.

އެއަށްފަހު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ފަލާހް ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޒުވާން، މުރާލި، ޤައުމުގެ ދެކެ ލޯބިވާ، އިޚްލާސްތެރި، އަމާނާތްތެރި ވެރިއެއް ކަމަށާއި އެފަދަ ވެރިއަކު ޤައުމެއްގެ ވެރިއަކަށް އަންނަނީ މަދު ހާލަތެއްގައި ކަމަށެވެ.

ފަލާހްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ވެރިކަން އައި އިރު ޤައުމު އޮތީ ސްރީ ލަންކާއަށް ދިމާވި ފަދަ އިގުތިސާދީ ހާލަތެއްގައި ކަމަށާއި ނަމަވެސް މިހާތަނަށްވެސް ޤައުމު ސަލާމަތްވެފައި މިއޮތީ ރައީސްގެ އިގުތިސާދީ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

Advertisement

ކޮމެންޓް