Advertisement

މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް ބީއެމްއެލްއިން އެއް ލައްކަ ރުފިޔާ

20 Jan 2026 | 21:42
-

ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

Advertisement

ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް ބޭންކުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

Advertisement

ކޮމެންޓް