Advertisement

އެއާޕޯޓުގައި މާރާމާރީ ހިންގި ލަންކާ ދެމީހުންގެ ވަނަވަރު ހާމަކޮށްފި

20 Jan 2026 | 13:11
-

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި، ލަންކާއަށް ނިސްބަތްވާ ދެމީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ ދެމީހުންނަކީ އުމުރުން 46 އަހަރުގެ ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ އާއި އުމުރުން 43 އަހަރުގެ ތިލަކް ސޮމަޗަންޑްރަ މައްޑެތަލަށެ ކަންނަމަލަގެ އެވެ.

Advertisement

ފުލުހުން މިއަދު ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެ ދެމީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެއާޕޯޓުގެ ޓެކްސީ ކިއު ވޭގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

އެ ވީޑިއޯ އާއި ގުޅިގެން އޭރު ފުލުހުން ބުނެފައިވަނީ އެ މާރާމާރީ ހިންގި މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

ނަމަވެސް ފަހުން މިވަނީ އެ ދެމީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށް ދެމީހުންގެ ބަންދުގެ މުއްދަތަކަށްވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު އެ ދެމީހުންގެ ބަންދު އަމުރަށް ބަލައިލާއިރު އެ ދެމީހުންގެ ވަކީލުންވެސް ބުނެފައިވަނީ އެ ދެ މީހުންނަކީވެސް ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށާއި މާރާމާރީ ހިންގީ ކުށެއް ކުރުމުގެ ނިޔަތެއް އޮވެގެން ނޫން ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކުށަކީ ކުޑަ ކުށެއް ކަމުގައިވެސް ވަކީލު ފާހަގަކޮށްފައިވާކަމަށް ބަންދު އަމުރުން އެނގެއެވެ.

Advertisement

ކޮމެންޓް