Advertisement

ޣައްޒާ ސުލްހައިގެ މަގުޗާޓަށް ޓްރަމްޕް އެކުލަވައިލި ކޮމިޓީ އިސްރާއީލަށް ކަމަކު ނުދިޔަ – އަލުން ހަނގުރާމައަށް އިއާދަވާންޖެހިދާނެ ކަމުގެ އިންޒާރު !

19 Jan 2026 | 06:10
ޓްރަމްޕާއި ނަތަންޔާހޫ -

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެކުލަވަލާފައިވާ ޣައްޒާ ސުލްހައިގެ މަގުޗާޓުގެ ދަށުން އެކުލަވަލައިލި ވިލަރެސް ކޮމިޓީއާއިމެދު އިސްރާއީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހޭ ކަމަށާއި އެ ނިންމުންތައް ނިންމާފައިވަނީ މަޝްވަރާ ކުރުމެއްނެތި ކަމަށެވެ.

Advertisement

އިތުރު ތަފުސީލެއް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނުދެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ކަނާތު ފިޔައިގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން-ގިވީރް ވަނީ ނަތަންޔާހޫގެ އެ ބަޔާނަށް ތާއީދުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އަލުން ހަނގުރާމަ އަށް ތައްޔާރުވުމުގެ ވާހަކަތަކެއްވެސް ހިމަނާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް އެކުލަވައިލި ވިލަރެސް ކޮމިޓީގައި ހިމެނެނީ ޓްރަމްޕްގެ ބައެއް އަރިސް ފަރާތްތަކާއި އިސްރާއީލުގެ ބިލިޔަނަރަކާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ އާއި ތުރުކީ އަދި ބައެއް އެހެން އަރަބި ގައުމުތައް ތަމްސީލުކުރާ ފަރާތްތަކެވެ.

ބެލެވޭގޮތުގައި އިސްރާއީލުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ އެ ކޮމިޓީގައި ތުރުކީގެ އޮފިޝަލަކު ހިމެނުމެވެ. އެއީ ތުރުކީ އަކީ ހަމާސް އާއި ގާތް ބައެއް ކަމަށާއި އިސްރާއީލާ ދެކޮޅު ބައެއް ކަމަށް އިސްރާއީލުން އަބަދުވެސް ބުނަމުން ދެއެވެ.

Advertisement

ކޮމެންޓް