ބަނގުރާ އުފައްދާ ސާމާނާއި ބަނގުރަލާއެކު މާޅޮހުން މީހަކު ހައްޔަރު
ބ. މާޅޮހުގައި ބަނގުރާ އުފައްދާ ސާމާނުތަކަކާއި އަދި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އެރަށު ޑިމްލައިޓް، އުމުރުން 27 އަހަރުގެ ޝާމިލް އަބޫބަކުރެވެ.
ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ފުޅިއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނުނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށާއި ކޯޓުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.