Advertisement

ބީއެމްއެލް ބެކް ޓު ސްކޫލް ޕްރޮމޯޝަން: މެލޭޝިޔާގެ ލެގޯ ލޭންޑަށް ޢާއިލީ ދަތުރެއް ހޯދުމުގެ ފުރުޞަތު

05 Jan 2026 | 17:59
-

ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޖަނަވަރީ އިން 16 ފެބްރުއަރީ 2026ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެއެވެ.

Advertisement

ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެއެވެ. 

މިއިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ: 

- މެލޭޝިއާގެ ޖޮހޯރ އަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)

- ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް

- ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން

މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެއެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު އަދި އިތުރު މައުލޫމާތު

https://www.bankofmaldives.com.mv/back-to-school

Advertisement

ކޮމެންޓް