Advertisement

ލޯކަލް ކައުންސިލް އިންތިޚާބު 2026: އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ޚަދީޖާ މުޙައްމަދު

15 Dec 2025 | 21:27
ޚައްޖަގެ ކެމްޕޭނު ޕޯސްޓަރެއް -

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާން ޚަދީޖާ މުޙައްމަދު (ޚައްޖަ) ނިންމަވައިފިއެވެ.

މިކަން ޚައްޖަވަނީ އެކަމަނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އިޢުލާނު ކުރައްވާފައެވެ.

Advertisement

މިކަން އިޢުލާނުކުރައްވައި ކުރެއްވި ޕޯސްޓެއްގައި ޚައްޖަ ވިދާޅުވެފައިވަނީ މާތް ﷲ ގެ ވާގިފުޅާއެކު ވާދަކުރުމަށް ނިންމައި އެކަން އިޢުލާނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓުދެއްވުން" ރައްޔިތުންނާ ގާތުން އިޚްލާޞްތެރި ކަމާއެކު ފުރިހަމައަށް މަސައްކަތް ކުރުމަކީ ޢަޒުމުކަމުގައި ކަނޑައަޅަމުން ޚައްޖަ ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް
ޒައިނާ
ހައްޖައަށް މިގޭ އެންމެގެ ވޯޓް ލިބޭނެ. ބައްޕައަކީ ވަރަށް ހިތްވަރުގަދަ ކަނބަލެއް.
15 Dec 2025