Advertisement

އެފްޑީސީގެ އިތުރު ޓަވަރު ތަކަކުން ފްލެޓް ހަވާލުކުރަން ފަށައިފި

08 Dec 2025 | 19:27
-

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީން) އިމާރާތްކޮށްފައިވާ 4،000 ފްލެޓް ތެރެއިން ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް އިތުރު ފަސް ޓަވަރަކުން ފްލެޓް ހަވާލު ކުރަން ފަށައިފިއެވެ.

އެފްޑީސީން 14 ވަނަ ޓަވަރުގެ ފްލެޓް ހަވާލު ކުރަން ފަށާފައިވާއިރު، މިއަދު ހަވާލުކުރަން ފެށީ 11،12،13، 15 އަދި 16 ވަނަ ޓަވަރުގެ ފްލެޓްތައް ކަމަށް އެފްޑީސީން ބުނެފައިވެއެވެ. މި ކޮންމެ ޓަވަރެއްގައި 120 ފްލެޓް ހުރެއެވެ.

Advertisement

އެތަންތަން ހަވާލުކުރުމުގެ މަަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

މީގެއިތުރުން މި އަހަރު ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިންމުމަކީ އެ ކުންފުނީގެ އަމާޒު ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް