Advertisement

ބޭރު ފައިސާއިން ސާވިސް ޗާޖު ދޭން މަޖުބޫރުވާގޮތަށް މަޖިލީހަށް ބިލެއް!

08 Dec 2025 | 19:05
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު - ފޮޓޯ: މަޖިލިސް

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަސް ސާވިސް ޗާޖު ދިނުމުގައި އެ ސާވިސް ޗާޖެއް ނަގާ ކަރަންސީއަކުން ސާވިޗް ޗާޖު ދިނުން މަޖުބޫރުކުރާ ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރެވެ.

Advertisement

މެންބަރު މައުރޫފު ހުށަހެޅި ބިލުގައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ އިސްލާހުކޮށް، "ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް" ހަމަޖެއްސުމަށެވެ.

އެ ބިލްގައިވަނީ ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށެވެ.

ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް މި އުސޫލުން ދޭން ޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލްގައިވެއެވެ.

މީގެއިތުރުން އެ ބިލްގައިވަނީ،  ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނީ މި ފަދައިން ކަމަށެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާ ސަބަބަކީ،  ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައިވީނަމަވެސް އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ ކަމަށް މައުރޫފް ވިދާޅު ވެފައިވެއެވެ. އަދި މި ބިލަކީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ހޯދައިދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް