Advertisement

މޯލްޑިވިއަން އިން އިސްވެ ލަންކާއަށް އެހީވުމަށް 3.8 ޓަނުގެ ތަކެތި ފޮނުވަނީ

07 Dec 2025 | 20:35
-

ތޫފާން ދިތުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް އަމިއްލަ ދެފަރާތަކާއި ގުޅިގެން މޯލްޑިވިއަން އާއި ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ އެތަކެތި ފޮނުވަނީ  މޯލްޑިވިއަންއާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕްއިން ކަމަށެވެ.

Advertisement

މޯލްޑިވިއަނުން ވަނީ  ލަންކާއަށް އަސާސީ ތަކެތި ފޮނުވުމުގެ އިތުރުން، މިއަދާއި އަންނަ އަންގާރަ ދުވަހު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330 ގައި ލަންކާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށްވެސް ޝެޑިއުލް ކޮށްފައެވެ.

ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމަށް ހަދިޔާކޮށްފައެވެ.އަދި މީގެއިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ލަންކާ ސަރުކާރާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ބައެއް އަމިއްލަ ވިޔަފާރިވެރިން ވެސް ވަނީ ލަންކާއަށް މާލީ އެހީތެރިކަން ދީފައެވެ. އޭގެ ތެރޭގައި ސަން ކުންފުންޏާއި ވިލާ ގްރޫޕުގެ އިތުރުން މެދުފަންތީގެ ބައެއް ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

ލަންކާއަށް މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު  އެ ގައުމަށް ލިބިފައިވާއިރު އެންމެ ބޮޑު އެހީއެއް އެ ގައުމަށް ދީފައި ވަނީ ރާއްޖެއިން ކަމަށް އެ ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ދިވެހިރާއްޖޭން ލަންކާއަށްވާ އެހީތެރިކަމަށް ޝުކުރު އަދާކޮށް ގިނަ ޕޯސްޓުތަކެއް ލަންކާގެ އާއްމު ފަރުދުންނާއި ލަންކާ ސަރުކާރުގެ އިސްވެރިންވެސް ވަނީ ކޮށްފައެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ ރައްޔިތުން ވަނީ މި ހުކުރު ދުވަހު ރާއްޖެއަށް ޝުކުރު އަދާކުރުމަށް ހަރަކާތެއްވެސް ބާއްވާފައެވެ.

Advertisement

ކޮމެންޓް