Advertisement

ޓެލެތޯން ފައިސާ މިއަދު ލަންކާއަށް ފޮނުވާނެ: ފޮރިން މިނިސްޓަރ

02 Dec 2025 | 17:51
-

ސްރީލަންކާއަށް ދިމާވެފައިވާ މޫސިމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ މިއަދު އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފެށާފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ. އަދި މި ޓެލެތޯން ނިންމާލީ އިއްޔެ މެންދުރު 2:00 ގައެވެ. މި ޓެލެތޯންގައި ޖުމްލަ 800،352 ޑޮލަރު ލިބިފައިވެއެވެ. އެއީ ލަންކާ ރުޕީސްއިން ބަލާނަމަ   245 މިލިޔަނެއްހާ ރުޕީސްއެވެ.

Advertisement

އެ ފައިސާ މިއަދު ދައުލަތުގެ މީޑިއާއިން ފޮރިން މިނިސްޓްރީއާއި ހަވާލުކޮށްފައިވާއިރު، އެ މީޑިއާއަށް މިނިސްޓަރ ހަލީލް ދެއްވެވި އިންޓަވިއުއެއްގައި  ވިދާޅުވީ، ޓެލެތޯނަށް ހަދިޔާކުރި ފައިސާތައް ލިބުމާއެކު، އެންމެ އިސް ވާޖިބަކަށް ވެގެން ދާނީ އެ ފައިސާ ލަންކާ ރައްޔިތުންނާ ހަަަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ޤައުމުގެ ސަރުކާރާ ޙަވާލުކުރުން ކަމަށެވެ.

އަދި ފައިސާ ސްރީލަންކާ ސަރުކާރާ ހަވާލުކުރުމުގެ އިންތިޒާމުވެސް މިހާރު ހަމަަޖެހިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ކުރިމަތިވެފައި މިވާ ގުދުރަތީ ކާރިސާގައި އެ ގައުމުގެ 300 އެއްހާ މީހުން މަރުވެފައިވާއިރު 400 އެއްހާ މީހުން ވަނީ ގެއްލިފައެވެ. އަދި 3000 އަށް ވުރެން ގިނަ އަދަދެއްގެ ގެތައް ހަލާކުވެފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

Advertisement

ކޮމެންޓް